ފަސްޓްލޭޑީ ބަށިމުބާރާތް ދ. އަތޮޅުގެ ޗެމްޕިއަންކަން ދ. ބަނޑިދޫ ބަށިޓީމު ހޯދައިފި

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރިމެހެމާން ވާހަކަފުޅުދައްކަވަނީ

ފަސްޓްލޭޑީ ބަށިމުބާރާތުގެ ދ. އަތޮޅުގެ ޗެމްޕިއަން ކަން ދ. ބަނޑިދޫ ބަށިޓީމު ހޯދައިފިއެވެ.   ބަނޑިދޫ ބަށިޓީމު ޗެންޕިއަންކަން ހޯދާފައިވަނީ ކުޅުނު ދެ ލެގްގެ މެޗްވެސް ބޮޑުތަފާތަކުން ކާމިޔާބު ކޮށްގެންނެވެ. މިގޮތުން ، 17 ފެބްރުއަރީ 2017 ވަނަ ދުވަހު ކުޅުނު ފުރަތަމަ ލެގްގެ މެޗުން ބަނޑިދޫ ބަށިޓީމު މޮޅުވެފައިވަނީ ކުޑަހުވަދޫ ބަށިޓީމުގެ މައްޗަށް 34 ލަނޑު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ކުޑަހުވަދޫ ބަށިޓިމަށް ދެވިފައިވަނީ 22 ލަނޑެވެ.

ފުރަތަމަ ލެގްގައި ބަނޑިދޫ ކުޅުންތެރިއަކު ކުޅެނީ

ދެވަނަ ލެގްގެ މެޗު ކުޅެފައިވަނީ 18 ފެބްރުވަރީ 2017 ވީ ހޮނިހިރު ދުވަހުގެ ހަވީރު ، ކުޑަހުވަދޫގެ ބަށިކޯޓުގައެވެ. މިމެޗު ބަނޑިދޫ ބަށިޓީމުން ކާމިޔާބު ކޮށްފައިވަނީ 37 ލަނޑުންނެވެ. މިމެޗް ގައި ކުޑަހުވަދޫ ބަށިޓީމަށް ދެވިފައިވަނީ 24 ލަނޑެވެ.

މި މުބާރާތް ޝަރަފްވެރި ކޮށްދެއްވާފައިވަނީ ، އެމް ޑީ އޭ ގެ ނައިބު ލީޑަރ އަލްފާޟިލާ އާއިޝަތު ރަފިއްޔާއެވެ.

ބަނޑިދޫ ބަށިޓީމުގެ ފުރަތަމަ 9 ކުޅުންތެރިން

 

 

 

Powered by WordPress | Demet Match Theme