ކުޑަހުވަދޫގައި ތިއްބެވި ސިވިލްސާވިސް މުވައްޒަފުންނަށް ޚާއްޞަކޮށްގެން PD ޕްރޮގްރާމެއް ކުރިއަށް އެބަދޭ

ދ. ކުޑަހުވަދޫގައި ތިއްބެވި ސިވިލްސާވިސް މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހިންގާ ، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ، މިއަދު ކުޑަހުވަދޫގައި ފެށިގެން ކުރިއަށް އެބަދެއެވެ. މި ތަމްރީން ޕްރޮގްރާމަކީ ، ސިވިލްސާވިސް ޓްރޭނިންގ އިންސްޓިޓިއުޓާއި ، ދ. އަތޮޅު ކައުންސިލާއި ، ކުޑަހުވަދޫގައި ހުރި ސަރުކާރުގެ އިދާރާތަކާގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މި ތަމްރީން ޕްރޮގްރާމުގައި ކިޔަވާ ދެއްވަނީ ، ސިވިލްސާވިސްޓްރޭނިންގ އިންސްޓިޓިއުޓްގެ ސަރޓިފައިޑް ޓްރޭނާރ އެއްކަމަށްވާ ، ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަލްފާޟިލް އަޙްމަދު މުޙައްމަދެވެ.

ކުޑަހުވަދޫ މަލްޓި ޕާޕަރސް ގެ ލައިބްރަރީ ގައި ހިނގަމުންދާ މި ތަމްރީނު ޕްރޮގްރާމަކީ ، އެއްދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމްގައި ކުޑަހުވަދޫގައިހުރި ސަރުކާރުގެ އެކި މުއައްސަސާތަކުން ފަންސާހަކަށް މުވައްޒަފުން ބައިވެރި ވެއެވެ.

 

Powered by WordPress | Demet Match Theme