ދ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނުގެ ލޯބިޖެއްސުމާއި ، ކީރިތި ޤުރުއާނަށް އަހުލުވެރިކުރުމާއި ، ކީރިތިޤުރުއާންކިޔެވުމުގެ ޤައުމީ މުބާރާތުގައި ދ. އަތޮޅު ތަމްޘީލުކުރާނެ ބައިވެރިން ހޯދުމުގެ
މަޤްޞަދުގައި ، ދ. އަތޮޅުކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުންއަންނަ ،” ސަންފައުންޑޭޝަން ދ. އަތޮޅު ޤުރުއާންމުބާރާތް 2016 ” މިރޭ 9:00 ގައި ، ދ. މީދޫގައި ފެށިއްޖެއެވެ. މުބާރާތް ބާއްވަނީ ދ. އަތޮޅުމަދަރުސާގެ ހޯލުގައެވެ.
މިމުބާރާތުގައި މިއަހަރު ވާދަކުރަނީ ، ދ. މީދޫ ކައުންސިލާއި ، ދ. ކުޑަހުވަދޫ ކައުންސިލް އެވެ. ދެކައުންސިލުން 33 ބައިވެރިން މުބާރާތުގައި ބައިވެރިވެފައިވެއެވެ.
މިއަހަރު މިމުބާރާތް ބާއްވާ މުޤައްރަރަށް ވަނީ ބޮޑުބަދަލެއް ގެނެސްފައެވެ. އެގޮތުން ، ކުރިން މުބާރާތް ބާއްވަމުންއައި ފޯމަޓް ބަދަލުކޮށް ، މިއަހަރުގެ މުބާރާތް ބާއްވަނީ ، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މިއަހަރުގެ ކީރިތިޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ބޭއްވުމަށް ކަނޑައަޅާ އިއުލާން ކޮށްފައިވާ އާ މުޤައްރަރަށެވެ.