ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގައި ކޮންމެ ރަށެއްގައިވެސް އެރަށެއްގައި ހުންނަ އެންމެ އިސް އިމާރާތެއްގައި ، ޤައުމީދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުމަށް ސަރުކާރުން ހަމަޖެއްސެވުމާގުޅިގެން ، 26
ޖުލައި 2016 ވަނަ ދުވަހުގެ 0:00 ގައި އަތޮޅުކައުންސިލްގެ އިދާރާގައި ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ދިދަނެގުމުގެ ރަސްމިއްޔާތުގައި ކުޑަހުވަދޫގައި ހުންނަ ޕޮލިސްސްޓޭޝަންއިން އިސްދައުރެއް
އަދާކުރައްވާފައިވާއިރު ، ދިދަ ނަންގަވާދެއްވީ ، ދ. އަތޮޅުކައުންސިލް ހިންގެވުމާ ޙަވާލުވެހުންނެވި ، އަތޮޅު ކައުންސިލްގެ ނައިބުރައީސް އަލްފާޟިލް ޙުސައިން ޝާކިރެވެ. މިރަސްމިއްޔާތުގައި ކުޑަހުވަދޫގައި ހުންނަ އެމް އެން ޑީ އެފް ޕޯސްޓުގެ ބޭފުޅުންގެ އިތުރުން ކުޑަހުވަދޫގެ އިއްޒަތްތެރިންނާއި އިދާރާތަކުގެ މުވައްޒަފުން ބައިވެރި ވެލައްވާފައި ވެއެވެ.