ލާމަރުކަޒީ ޤާނޫނުގައި ކައުންސިލްތަކުގެ މައްޗަށް ކޮންމެ 5 އަހަރަކުން ތައްޔާރުކުރުމަށް ލާޒިމްކޮށްފައިވާ ރަށުތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ، ކުރިއަށް އޮތް 5 އަހަރަށް ތައްޔާރުކުރަން ޖެހޭތީ އެކަމަށް
ކައުންސިލްތަކުގެ މުވައްޒަފުންނާއި ކައުންސިލަރުން ތަމްރީނުކުރުމުގެ މަސައްކަތު ބައްދަލުވުން ، މިހިނގާ ޖުލައި މަހުގެ 23 ން 25 އަށް ، މިއަތޮޅު ކުޑަހުވަދޫގައި ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުމުގައި މައުލޫމާތުދެއްވީ ، ލޯކަލް ގަވާރމަންޓް އޮތޯރިޓީގެ އެޑްވޮކޭޓަރ އަލްފާޟިލް ޙަސަން ރިސާދުއާއި ، ލޯކަލް ގަވާރމަންޓް އޮތޯރިޓީއިން ތަމްރީނުކުރައްވާފައިވާ ، އަތޮޅުކައުންސިލް އިދާރާގެ ކޮމްޕިއުޓަރ ޓެކްނީޝަން އަލްފާޟިލް ޖާދުﷲ ޙަމީދުއެވެ. 3 ދުވަހުގެ މުއްދަތަށް އަތޮޅުކައުންސިލުން ހިންގި މިމަސައްކަ
ތު ބައްދަލުވުމުގައި ، ދ. އަތޮޅުގެ ކޮންމެ ރަށުކައުންސިލަކުންނާއި ، އަތޮޅު ކައުންސިލްގެ ޕްރޮޖެކްޓް ސެކްޝަންގެ މުވައްޒަފުން ބައިވެރިވެ ތަމްރީން ހޯދާފައިވެއެވެ.،