އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ދުއްވުމުގެ ލައިސަންސް ޓެސްޓް މީދޫގައި ބާއްވާފައިފި

 

ދ . އަތޮޅުކައުންސިލުން ދެމުންގެންދާ ، ލައިސަންސް ޓެސްޓް ދިނުމުގެ ޚިދުމަތަށް ބޭނުންވެފައިވާ ، ގިނަ ޒުވާނުންތަކެއް ދ . މީދޫގައި ތިބުމާއެކު ، 27 ޖޫން 2016 ވީ ހޯމަ ދުވަހު އެރަށުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ދުއްވުމުގެ ލައިސަންސް ޓެސްޓް އަތޮޅުކައުންސިލުން ދީފިއެވެ. މިއީ ، މިޚިދުމަތް އަތޮޅުގެ ރައްޔިތުންނާ ގާތުން ދިނުމަށްޓަކާ އަތޮޅު ކައުންސިލުން ހިންގާ ޕްރޮގްރާމްގެ ތެރެއިން މީދޫ ކައުންސިލްގެ އެދިވަޑައިގަތުމުގެ މަތިން ، އެރަށުގައި ބޭއްވިފައިވާ އިވެންޓެކެވެ.

މިދަތުރުގައި ، ތިއަރީ ޓެސްޓް ދިނުމާއީ ، ޓެސްޓުންފާސްވި ފަރާތްތަކަށް ޕްރެކްޓިކަލް އިމްތިހާން ދެވިފައިވެއެވެ. މި އިވެންޓް ކުރިއަށް ގެންދެވިފައިވަނީ ، ދ. މީދޫ ކައުންސިލާއި ، ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން އާއި އަތޮޅުކައުންސިލް ގުޅިގެންނެވެ.

 

 

Powered by WordPress | Demet Match Theme